- Advertisement -ad image

ލަގެޖު ގެއްލުމުން، މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުވާ މީހާ ދޫކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޖެނުއަރީ 8 ވަނަ ދުވަހު ރާއްޖެ އައި މީހެއްގެ ލަގެޖްގައި މަސްތުވާތަކެތި ހުރެގެން ފުލުހުންނާ މީހާ ހަވާލުކުރި ނަމަވެސް ލަގެޖް މިއަދާ ހަމައަށްވެސް ހަވާލު ނުކުރާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖްގައި މަސްތުވާތަކެތި އެތެރެ ކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ކަސްޓަމްސްއިން ބުނާ ލަގެޖު ހަވާލުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި ލަގެޖް ގެންދިޔަ މީހެއް ނޭންގޭ ކަމަށް އޭނާ މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައިގާ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީސީޓީވީތަކުގެ ފުޓޭޖުތައް ބަލައިގެން އެ ލަގޭޖު ދެނެގަނެވިފައި ނުވާކަމަށާއި، އެއާޕޯޓުގެ މުހިއްމު ބައެއް ތަންތަނުގައި ސީސީޓީވީ ނެތްކަން ފާހަގަވާކަމަށެވެ.

މި މައްސަލާގައި ކަސްޓަމްސްއިން ފުލުހުންނާ ހަވާލުކުރި މީހާއާމެދު ތުހުމަތުކޮށް ބަންދުގައި ބަހައްޓާނެ މިންވަރަށް ހެކިނެތުމުން އޭނަ ދޫވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ