- Advertisement -ad image

މާލެ ސިޓީކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް

ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މިމަހު ފަހުކޮޅު މާލެ ގެނެވި ފެބްރުއަރީ މަހުގެ ކުރީކޮޅު މި ޚިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.
މިއީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައި ނިންމާފައިވާ ނިންމުމެކެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ގެނެވޭ ބަގީތަކުގެ ތެރޭގައި، މުދާ ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި ލެވޭގޮތަށް ހެދިފައިވާ 2 ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ 1 ބަގީ ހިމެނޭނެއެވެ. އަދި 4 ސީޓުގެ 3 ބަގީ އާއި، 6 ސީޓުގެ 3 ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ 1 ބަގީ ހިމެނޭނެއެވެ. މި ބަގީ ތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހެދިފައިވާ ވިލިމާލޭގެ މާހައުލާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކަން ފާހަގަކޮށްލެވެއެވެ.

މި ޚިދުމަތާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ވިލިމާލޭގެ ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށްޓަކައި، ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.


މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭނީ ވިލިމާލޭގެ ރައްޔިތުން އެދޭގޮތަށް ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ