- Advertisement -ad image

ޕާސްޕޯޓް ހައްދާފައިވާ ފަރާތްތަކުން ލަސްނުކޮށް ޕާސްޕޯޓް ނެގުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޕާސްޕޯޓް ހައްދާފައިވާ ފަރާތްތަކުން ލަސްނުކޮށް ޕާސްޕޯޓު ނެގުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ނެގުމަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަން ވެލާނާގެ ފުރަތަމަ ފަންގިފިލާ އަށް ގޮސް ނަމްބަރެއް ނެގޭނެ ކަމަށެވެ.
ޕާސްޕޯޓް ނެގުމަށް ނަމްބަރު ދޫކުރާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް އަދި މެންދުރު 12:45 އަކުން 14:00 އަށް ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

ބަންދުތަކާއި ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށް އަބަދުވެސް ގިނަ ބަޔަކު ޕާސްޕޯޓު ހެދުމަށް އަވަސްވެގަނެއެވެ. ނަމަވެސް ބައެއް ފަހަރު ޕާސްޕޯޓު ހައްދަން ފޯމް ހުށަހެޅުމަށްފަހު ނަގަން ނުގޮސް ގިނަ ދުވަސްތަކެއްވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ