- Advertisement -ad image

ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަން ސަރުކާރުން ނިންމީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރަން: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ބަސް ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 85 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގައި ރަސްމީ ސިޓީއަކުން މާލެ ސިޓީ ކައުންސިލަށް ހުއްދަދީފައެވެ.
މޭޔަރު ވިދާޅުވީ ކައުންސިލުން މި ޚިދުމަތް ދޭން ނިންމީ އޮންނަ ނިޒާމްގެ ތެރެއިން ސަރުކާރާއި ގުޅިގެންކަމަށެވެ. އަދި ފެނިގެން މިދިޔައީ މި ޚިދުމަތް ތަންފީޒު ކުރުމުގެ ފަހު މަރުޙަލާގައި އޮއްވާ ކުއްލިއަކަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމިތަން ކަމަށާއި މިއީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން ކަމުގައި މޭޔަރު ސިފަކުރެއްވިއެވެ.
މޭޔަރު ވިދާޅުވީ މި މައްސަލައިގައި އެމްޓީސީސީ ސީއީއޯ އާއިވެސް ވާހަކަ ދެއްކެވުނު ކަމަށެވެ. ދެކެވުނު ވާހަކައިން ދޭހަވީ ސަރުކާރުން ކުއްލި އަމުރެއް ނެރެ މަޖުބޫރުކޮށްގެން ފަށަން އުޅޭ ޚިދުމަތެއްގެ ގޮތުގައި ކަމަށް މޭޔަރު ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނުގެ ބޭރުން ސަރުކާރުން ކަންކުރާނަމަ އެ ޤާނޫނުގެ ބޭނުމެއް ނޯންނާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. މި ކަންބޮޑުވުންތައް މޭޔަރު ވަނީ ޓްވިޓަރ ގައިވެސް ހިއްސާ ކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން މިކަން ކުރިއަށްގޮސް ހަމަޖެހެނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ސިޓީ ކައުންސިލްގެ މަޝްވަރާ އެއްވެސް ވަރަކަށް ނުހޯއްދަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ