- Advertisement -ad image

ޕީޕީއެމްގެ ލީޑަރޝިފުން ރައީސް ޔާމީނާއި ބައްދަލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޖަލުގައި ހުންނެވި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި، ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރުން ބައްދަލުކުރައްވައިފިއެވެ.
ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނާ ރައީސް ޔާމީނާ ބައްދަލުވެވަޑައިގެންނެވި ކަމަށެވެ.
ރައީސް ޔާމީނާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ލީޑަރުންކަމަށްވާ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ ނައިބު ލީޑަރު އަދި ހުޅުމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލަރު އިބްރާހީމް ޝުޖާއާއި އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރުވެސް ހިމެނިވަޑައިގަންނަވައެވެ.
މިބައްދަލު ކުރެއްވުމަށްފަހު އަދުރޭ ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮށް ކަމަށެވެ.

އަދި އަނިޔާވެރި ކަމުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށާއި އަޅުވެތި ކަމަށް ބޯނުލަނބާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ހަމައެއާއެކު އެމަނިކުފާނުގެ މައުސޫމުކަން ސާބިތުކޮށްދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކޯޓުން ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ