- Advertisement -ad image

ކައުންސިލްގެ ހުއްދަ ނުހޯދާ ވަގަށް ވިލިމާލެއަށް ބަސްތަކެއް އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަކާ ނުލާ ގަވާއިދާ ހިލާފަށް ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާތީ އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޭ ދަންވަރު ވަގަށް ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާތީ މި ކަމަން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސަމާލުކަމަށްވެސް ގެނެސްފައިވާނެ ކަމަށެވެ.


އަދި ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ޤާނޫނުތައް މުގުރާލުން އިންތިހާގައިވާ ކަމަށް މޭޔަރު ތުހުމަތު ކުރެއްވިއެވެ.
ވިލިމާލޭ ބަގީގެ ހިދުމަތް ފެށުމަށް ސިޓީކައުންސިލުން ތައްޔާރުވަމުން އަންނައިރު މިނީ ބަހުގެ ހިދުމަތް ހަމަ މި ދަނޛިވަޅުގައި ފަށަން ސަރުކާރުން ނިންމާފައިވާތީ ކައުންސިލުން އަންނަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި ބައެއް އާއްމުން ބުނެފައިވަނީ މިނީ ބަސް ވިލިމާލޭގައި ދުއްވަން ފަށައިފިނަމަ މާލެ އެކޭ އެއްގޮތަށް ވިލިމާލޭގެ މަގުތައް ހަލާކުވެ ތޮއްޖެހުން އިތުރުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ