- Advertisement -ad image

اللهގެ ދީން ކުރިއެރުވުމަށްޓަކައި ޖިހާދުކުރުމަށްވުރެވެސް މާތްކަން ބޮޑީ މައިންބަފައިންނަށް ހިދުމަތްކުރުން: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


މައިންބަފައިންނަށް މާތްކޮށް ހިތުމަކީ ދަރިންގެ މައްޗަށް ވާޖިބެއް ކަމަށާއި އެމީހުންނަށް އިހާނެތިކޮށް ހިތުމުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ ކުރިން ދުނިޔެމަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނެކަން ވަނީ އަންގަވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުލޫއަކީ “މައިންބަފައިންނަށް ކަމޭހިތުން” މިއެވެ.

“ފާފަތަކުގެ ތެރެއިން އަނިޔާވެރިކަމާއި، މައިންބަފައިންނަށް ނުކުތަމަންތެރިވު މާއި، ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާލުން ފިޔަވައި، އެންމެހައި ފާފަތަކުގެ ޖަޒާ، ގިޔާމަތް ދުވަހާ ހަމައަށް ﷲ ފަސްކުރައްވަތެވެ. ނަމަވެސް. މިތިންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައި އެމީހަކަށް އެކަލާނގެ ދެއްވަތެވެ،” ރަސޫލާ ހަދީޘްކުރައްވާފައިވަ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

ހުތުބާގައި ބުނީ ދަރިންގެ މައްޗަށްވާ ބައްޕައިންގެ ހައްގުވެސް ވަކި ކުޑަނޫން ކަމަށާއި އާއިލާ ބެލެހެއްޓުމަށް ބުރަ މަސައްކަތް ކުރުމާއި، ދަރިންނަކީ ހެޔޮލަފާ ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި ހޭދަކުރާ ވަގުތާއި ފައިސާއަކީ ވަރަށް އިހުލާސްތެރި މަގުސަދެއްގައި ކުރާ ހޭދައެއް ކަމަށެވެ.
“ މައިންބަފައިން ދަރިންގެ ކިބައިން އެދެނީ އެމީހުންނަކީ، ލަފާދާރު، ކިޔަމަންތެރި ސާލިހު ބަޔަކަށް ވުމެވެ. މައިންބަފައިންގެ ހައްގުތައް ދަންނަ، އެ ހައްގުތައް އަދާކުރާ އެބައިމީހުންނަށް އޯގާތެރި ބަޔަކަށް ވުމެވެ”.

މައިންބަފައިން ނުބަލާ ދޫކޮށްލުމަކީ ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށާއި ތިމާގެ ހަޔާތުގައި މަންމަ ނުވަތަ ބައްޕަ އުމުރުން ދުވަސްވެ ލޯބޯ ކޮށިވެފައިވާ ހާލުގައި އެމީހުންނަށް އެހީތެރިވެ އަޅާލުމަކީ ކޮންމެ ދަރިއެއްގެ ވާޖިބެއެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މައިންބަފައިންނަކީ ޣައިރު މުސްލިމުން ކަމުގައި ވިޔަސް، އެމީހުންނަށް ކަމޭހިތުމަށް އިސްލާމްދީން އަހަރެމެންނަށް އަމުރުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ