- Advertisement -ad image

ޕްރައިމަރީގައި ވޯޓު ހޯއްދަވަން މިފަހަރު ދައްކާލީ ނިމެންގާތްވެސް ނުވާ ފްލެޓްތަކުގެ ސާމްޕަލްއެއް!

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުކަމުގައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތަކުގެ މަސައްކަތް ނިމެން ގާތްވެސް ނުވަނީސް އެތަނުގެ ސާމްޕަލް އެޕާޓްމަންޓެއް ހަދައި ރައީސުލްޖުމުހޫރިއްޔާ ބައްލަވާލައްވައިފިއެވެ.
ބެލެވޭ ގޮތުގައި މިކަމަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް ވޯޓު ހޯދުމުގެ ގޮތުން ކުރެއްވި މޮޅު ކަމެކެވެ.
ވެރިކަން ކުރާ އެމްޑީޕީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޯއްދަވަން ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބާއްވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
މި ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސާލިހު އަވަދިނެތި އުޅުއްވާއިރު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިން ލަފާކޮށްފައިވާ ގޮތުގައި މި ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ 2024 ވަނަ އަހަރު އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ 4000 ހައުސިން ޔުނިޓަކީ މި ސަރުކާރުން ކުރިއަށް ގެންދާ ފުރަތަމަ ސޯޝަލް ހައުސިން ޕްރޮޖެކްޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީީސީ)އާއި ޖޭއެމްސީ ޕްރޮޖެކްޓްސް އާ އެވެ.

މިއަދު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ވަނީ މި ފްލެޓްތަކުގެ ސާމްޕަލްއެއް ކަމަށް ބުނެ ފުލީ ފާރނިޝް ކޮށްފައިވާ އެޕާޓްމަންޓްގެ ފޮޓޯތައް ސޯޝަލްމީޑިއާގައި އާއްމުކޮށްފައެވެ.
މީގެ އިތުރުންވެސް ފްލެޓަށް ފޯމްލާފައިވާ މީހުންނަށާއި މާލެ ސަރަހައްދުން ގޯތި ގޯދަން ފޯމްލާފައިވާ މީހުންނަށް ރައީސް ސާލިހުގެ ކެމްޕެއިން އޮފީހުން ދަނީ ގުޅަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ