ކުރީގެ ރައީސް އަބްދުالله ޔާމީންއަށް ގައްދާރުން އޯކޭ ނޫން ކަމަށާއި ގައްދާރުންނާއެކު އެމަނިކުފާނު ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ޕީއެންސީގެ ލީޑަރު އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.
ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ނުކުރެވޭނެ އަދި ކުރަން ހެޔޮނުވާވަރުގެ ކަންކަން ހުންނާނެ ކަމަށާއި ރައީސް ޔާމީނާއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށެވެ.
މިކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ، ގައުމުގައި ތިބި ގައްދާރުންނާއެކު މަސައްކަތް ކުރެއްވުމަކީ ރައީސް ޔާމީން ދުވަހަކުވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
އަދި ދިވެހި ތާރީހު މިހާތަނަަށް ދުށް އެންމެ ބޮޑު ގައްދާރަކީ ރައީސް ސާލިހު ކަމަށާއި ރައީސް ޔާމީންއަަށް ގައްދާރުން އޯކޭ ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުގެ ފޯރީގާ ރައީސް ސާލިހު ގެންދަވަނީ ޕާޓީގެ މެންބަރުން ވާ ވެއްދުމަށް އެތައް ކަމެއް ކޮށްދެއްވާނެ ކަމުގެ ވައުދުވެވަޑައިގަންނަވަމުންނެވެ.