- Advertisement -ad image

ހޯރަފުށީ ކައިރިން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

ad image

ގުޅުންހުރި ލިޔުންތައް


ހއ ހޯރަފުށި ކައިރިން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ބުނީ ހއ.ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި ކިނބުލެއް ފެނިފައިވާ ކަމަށެވެ.


އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން އެސަރަހައްދުގައި މިހާރު ހަރަކާތްތެރިވާން ފަށައިފާވާ ކަމަށްވެސް ސިފައިން ހާމަކޮށްފައިވެއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން މިމަހުގެ 12 ވަނަ ދުވަހުވެސް ވަނީ ކިނބުލެއް ފެނިފައެވެ.
ދިގުމިނުގައި 14 ފޫޓު 4 އިންޗި ހުރި މި ކިނބޫ ހިފުމަށްފަހު ކ.ބޮލިދުއްފަރުގެ އިރުން 24 ނޯޓިކަލް މޭލު ބޭރަށް ވަނީ ދޫކޮށްލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ