- Advertisement -ad image

ރަސްފަންނު ސަރަހައްދުން 279 ކިލޯގެ ކުނި ނަގައިފި

ad image

ގުޅުންހުރި ލިޔުންތައް


އެންމެ ހަތަރު ގަޑިއިރުތެރޭ ރަސްފަންނު ސަރަހައްދުން 279 ކިލޯގެ ކުނި ނަގައިފިއެވެ.
މި ކުނި ނަގައިފާވަނީ މާލެ ސިޓީ ކައުންސިލާއި ޑައިވް ޑެސްކް ގުޅިގެން ރަސްފަންނު ސަރަޙައްދުގެ ފަޅުތެރެ ސާފުކުރުމަށް ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގައެވެ.
ރަސްފަންނު ބީޗް އަދި ފަޅުތެރެ ސާފުކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 8 އިން 12 އަށެވެ.
އެގޮތުން ނަގާފައިވާ ކުނީގެ ތެރޭގައި
1673 ޕްލާސްޓިކް ކޮތަޅު
84.1 ކިލޯގެ ޕްލާސްޓިކް ފުޅި
36.60 ކިލޯގެ ފިޝިން ގިޔަރު
4 ކިލޯގެ ރެގިފޯމް
19 ކިލޯގެ ކަރުދާސް
32.45 ކިލޯގެ ފޮތި
12 ކިލޯގެ އަލުމިނިއަމް ދަޅު
36.50 ކިލޯގެ ލަކުޑި
13.5 ކިލޯގެ ބިއްލޫރި
3 ކިލޯގެ ރަބަރު
4.5 ކިލޯ ދަގަނޑު

ރަސްފަންނު ސަރަހައްދަކީ ކުޑަކުދިންނާއި އާއްމުން ގިނައިން ގޮސްއުޅޭ ތަނަކަށްވާއިރު އެތަނުގެ ވަށައިގެން ޑަސްބިންތައްވެސް ބަހައްޓާފައި ހުރެއެވެ.
ނަމަވެސް ޖޯލިފަތިތަކާއި އަށިތަކުގެ ކައިރީގައި ޕްލާސްޓިކް ފުޅި ކޮތަޅު އަދި ޕާރުސަލް ތަށި އުކާފައި ހުންނަކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ