- Advertisement -ad image

ގުރުއާން އަންދާލި މައްސަލާގައި ސަރުކާރުގެ ބަސް އިއްވުމަށް އިދިކޮޅުން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ކީރިތި ޤުރުއާން އަންދައިލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލައިގައި އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދީ ދިވެހިންގެ އަޑު ދުނިޔެއަށް އިއްވައިދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ސަރުކާރަށް ގޮވާލައިފިއެވެ.

ސްވިޑްންގައި ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުން އިއްޔެ ވަނީ އެ ޤައުމުގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކައިރީގައި އެއްވުމެއް ބާއްވައިފައެވެ. އެ އެއްވުމުގެ ބައިވެރިން ވަނީ ކީރިތި ޤުރުއާން ލިޔެފައިވާ ޚަތިމުތަކެއް އަންދައި ތުރުކީއާ ދެކޮޅަށް އަޑު އުފުލައިފައެވެ.
އިދިކޮޅު ކޯލިޝަަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަން ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ.

“ މުސްލިމުންނާއި ދެކޮޅަށް ހިންގޭ މިފަދަ ލާދީނީ އަދި ލާއިންސާނީ ޙަރަކާތްތަކަކީ އެއްގޮތަކަށްވެސް މިކޯލިޝަނުން ބަލައިގަންނާނޭ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައިވެސް ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުޞަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ޤަބޫލުކުރެވެއެވެ”. އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ ޢަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް އިދިކޮޅުން ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ