- Advertisement -ad image

ހިސާން ތުޅާދޫއަށް ވަޑައިގަތުމުން ރައްޔިތުން ދެއްކީ “ރިއެކްޓް” ކުރާ ގޮތް!

ad image

ގުޅުންހުރި ލިޔުންތައް


ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މިއަދު ތުޅާދޫއަށް ވަޑައިގަތުމުން ގިނަ ބަޔަކު ނިކުމެ މުޒާހަރާކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިންވަނީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާމެދު ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ.
އަދި މެންބަރު ހިސާންގެ ފަހަތުން ހިނގައި އަޑުގަދަކުރަމުން ގޮވާފައިވަނީ ފުއްދައިދޭން ބުނި ވައުދުތައް ނުފުއްދި ސަރުކާރު ވަނީ ފެއިލްވެފައި ކަމަށެވެ.
މިއަދުގެ ވަގުތެއްގައި ހިސާން ތުޅާދޫއަށް ވަޑައިގެންނެވި ސަބަބެއް ނޭންގެއެވެ. ނަމަވެސް މިއަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދެ ކެންޑިޑޭޓުންވެސް ދަނީ ކުރަމުންނެވެ. އެގޮތުން ރައީސް ސާލިހު އަދި ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.
ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ހިސާން ތާއީދު ކުރައްވަނީ ރައީސް ސާލިހަށް ކަން ވަނީ އިއުލާންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ