- Advertisement -ad image

އިންޑިއާ އައުޓް ބެނާތައް ނަގަން ނުކުންނަ ފުލުހުންނަށް ދައުވާ ކުރާނަން: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ ދަށުން މާލޭގެ ބައެއް އިމާރާތްތަކުގައި ހަރުކޮށްފައިވާ ބެނާތައް ނަގަން ނުކުންނަ ފުލުހުންނަށް ދައުވާ ކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ. ދޫވެއްސާއި ޕީޕީއެމް އޮފީސް ހުންނަ އިމާރާތުގެ އިތުރުންވެސް މާލޭގެ ބައެއް އެހެން ބޮޑެތި އިމާރާތްތަކުގައި ވަނީ “އިންޑިއާ އައުޓް” ޖަހާފައިވާ ބޮޑު ބެނާ ދަމާފައެވެ. މިކަމަށް އިޝާރަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހުން އެ ބެނާ ނަގައި އެފަދަ ކަންތައް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައި އެވެ. މިއާއެކު އިއްޔެ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގެ ވެރިފަރާތަށް ހަރުކޮށްފައިވާ ބެނާ ނެގުމަށް ލިޔުމުން އަންގާފަ އެވެ.

މިކަމަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ބެނާތައް ނަގަން ނުކުންނަ ފުލުހުން ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކަށް ދައުވާކުރާނެ ކަމަށެވެ. އަދި އިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕެއިން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ހިޔާލުފާޅު ކުރުމުގެ މިންގަނޑުގެ ތެރެއިން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ .

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ