- Advertisement -ad image

އެޑިއުކޭޝަނުން އެންގީ ގުރުއާން މުބާރާތް ކްލާސްރޫމަށް ބަދަލުކޮށް، ޕްރައިމަރީގެ ވޯޓުލުމަށް ސްކޫލް ހޯލް ދޫކުރަން!

ad image

ގުޅުންހުރި ލިޔުންތައް

ކ ގުރައިދޫ ސްކޫލްގެ އިންޓަރހައުސް ގުރުއާން މުބާރާތް ބާއްވަން ތާވަލްކޮށްފައިވަނިކޮށް ސްކޫލްހޯލް އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމަށް ދޫކުރަން އެޑިއުކޭޝަނުން އެންގުމުން ގުރައިދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ގުރައިދޫ ސްކޫލުން މިމަހުގެ 16 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ މި މަހުގެ 27 އަދި 28 މި ދެދުވަހު ގުރައިދޫ ސްކޫލުގެ އިންޓަހައުސް ޤުރުއާން މުބާރާތް ބޭއްވުމަށް ވަނީ ޝެޑިއުލްކޮށްފައި ކަމަށެވެ. އަދި އެއީ ސްކޫލުގެ ވަރަށް ގިނަ ދަރިވަރުން ބައިވެރިވާ މުބާރާތެއްކަމުން 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ޕްރައިމައިރީ ބޭއްވުމަށް ސްކޫލު ހޯލު ދޫކޮށްފިނަމަ ގުރުއާން މުބާރާތް ކުރިއަށް ގެންދިއުމަށް ދަތިވާނެކަމަށް އެ މެސެޖްގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް މިކަމަށް އަޅާލުމެއްނެތި މިމަހުގެ 17 ވަނަ ދުވަހު މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން އާތިޔާ ނަސީރު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސްކޫލުގެ އިންޓަހައުސް ޤުރުއާން މުބާރާތް ގެންދިއުމަށްޓަކައި ސްކޫލުގެ ކްލާސްރޫމެއް ނެގުމަށެވެ.
އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބޭއްވުމަށް މިމަހުގެ 27 ވަނަ ދުވަހުގެ 9:00 އިން ފެށިގެން 28 ވަނަ ދުވަހުގެ މެންދަމު 12:00ގެ ނިޔަލަށް އެ ސްކޫލުގެ ކުލާސްރޫމުތަކާއި ހޯލު ގޮޑިއާއި މޭޒާއެކު އެމްޑީޕީއަށް ހަމަޖައްސައިދިނުމަށް އެދޭކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ