- Advertisement -ad image

ގޮނޑުދޮށުން ވެއްޔާ އަކިރި ނެގުމުން ފީވަކު ކައުންސިލް ޖޫރިމަނާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ފީވަކު ކައުންސިލްް އިދާރާގެ އިސްްނެގުމުގެ މަތިން ވެއްޔާ އަކިރި އެރަށު ގޮނޑުދޮށުން ނަގާފައިވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ފީވަކު ކައުންސިލް ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ށ ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާ އަކިރި ނެގުމުގެ ޝަކުވާ އެ އެޖެންސީއަށް ލިބުނީ 7 އޮކްޓޫބަރު 2022ގައި ކަމަށެވެ.
މިމައްސަލައިގާ އެއެޖެންސީން ބެލިބެލުމާއި އެއްކުރެވުނު މައުލޫމާތަށް ބަލާއިރު މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް އިދާރާގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ށ ފީވަކު ގޮނޑުދޮށުން ނަގާ ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީކުރުމަށްޓަކައި ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ.

އެގޮތުން ވަނީ އަށްޑިހަ ތިންހާސް ފައްސަތޭކަ ފަންސަވީސް ރުފިޔާއިން ފީވަކު ކައުންސިލް ޖޫރިމަނާކޮށްފައެވެ.
އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ފައިސާ ދެއްކުމަށް ފީވަކު ކައުންސިލް އިދާރާއަށް ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ