- Advertisement -ad image

ގުރައިދޫން ރައީސް އަށް މަރުހަބާކީ ކާށިދޫ އާއި ގުޅީގެ އެމްޑީޕީ ސަޕޯޓަރުން

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކ ގުރައިދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން މީހުން ހަމަކުރީ ގުޅި އާއި ކާށިދޫއިން މީހުން ގެނެސްގެން ކަން ހާމަވެއްޖެއެވެ.
ކ ގުރައިދޫގައި ރައީސް ސާލިހުގެ ސަޕޯޓަރުން މަދުކަމުން މިގޮތަށް ކަންތައް ކުރަންޖެހުނީ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އަދި ގުޅި އާއި ކާށިދޫއިން ގެންދިޔަ މީހުންނާއެކު ޖުމުލަ ގުރައިދޫއިން ރައީސް ސާލިހަށް މަރުހަބާ ކިޔަން ނިކުތީ 40 އެއްހާ މީހުން ކަމަށް އެމީހާ ބުންޏެވެ.

ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ސާލިހު އާއި ބޮޑު ކެމްޕެއިން ޓީމުން މިއަދު ގުރައިދޫއަށް ދިޔައީ ސީޕްލޭންގައެވެ.
މާލެއިންފުރައިގެން ލޯންޗެއްގައި 45 މިނިޓެއްހާއިރުން ގުރައިދޫއަށް ދެވެއެވެ.
ރައީސް ކެމްޕެއިން ދަތުރުތަކާއި ދިމާކޮށް ގިނަ އަދަދެއްގެ ފުލުހުން ކޮންމެ ރަށަކަށްވެސް ދެއެވެ. އަދި ރައީސް ވަޑައިގަންނަވާ މަގުތައް އާއްމުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރެއެވެ.
ރައީސްގެ މި ދަތުރުތަކާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ދަނީ އިދިކޮޅު ލީޑަރު ޖަލަށްލާފައިވާތީ މުޒާހަރާވެސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ