- Advertisement -ad image

ވިލިމާލޭގައި ކައުންސިލުން ބަގީގެ ހިދުމަތް ދޭނީ ދޮރުން ދޮރަށް!

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭނީ ދޮރުން ދޮރަށް ކަމަށް ބުނެފިއެވެ.
ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީން ވަނީ ބަހުގެ ހިދުމަތް ފަށާފައެވެ. ނަމަވެސް ވިލިމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ދަނީ މިކަމާ ނުރުހުން ފާޅު ކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބަގީގެ ހިދުމަތް ދޭއިރު ރޫޓްތަކުން ދޮރުން ދޮރަށް ސީދާ އެމީހަކު ބޭނުންވާ ތަނަކަށް ދެވޭނެ ކަމަށެވެ.
އަދި ބަލިމީހުން އުފުލުމަށް ހާއްސަ ބަގީ ބާއްވާއިރު މުދާ އުފުލުމަށް ހާއްސަ ބަގީވެސް ބަނދަރުމަތިން ސީދާ ދޮރުމައްޗަށް ދާނެ ކަމަށެވެ.

މީގެ އިތުރުންވެސް ސިޓީލައުންސިލްގެ ބަގީތަކަށް ވިލިމާލޭގެ މަގުތަކާއި ގޯޅިތަކަށް ވަދެވޭނެ ކަމަށެވެ. އަދި ހަފުތާގެ 7 ދުވަހު 24 ގަޑިއިރު ބަގީގެ ހިދުމަތް ލިބޭނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ