- Advertisement -ad image

ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލާތީ އެކަން ސާފުކުރަން އިދިކޮޅުން އޭސީސީއަށް

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ނުބަލާކަން ފާހަގަކުރެވޭތީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

އޭސީސީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ބައްދަލުވުމުގައި ސަރުކާރުގެ ތެރެއިން ފެންނަންހުރި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ.
އަދި ވެރިކަންކުރާ ޕާޓީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް ކޮރަޕްޝަން މިވަނީ ހައްދު ފަހަނައަޅާފައި ކަމަށާއި މިއަދު އެކި ކަންކަމާއި ގުޅޭ ވަރަށް ގިނަ ސުވާލުތައް އޭސީސީއާ ކުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަރަށް ބޮޑަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ދައުލަތުގެ ފައިސާ ބޭނުންކުރަމުންދިޔަ ކަމަށާއި ނަމަވެސް އެކަމެއް ބެލިފައެއް ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ