- Advertisement -ad image

އެމްޑީޕީ ޖަލްސާތަކުގައި މީހުންނަށްވުރެ ގިނައީ ސެކިއުރިޓީން: ޑރ ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަން ކުރާ އެމްޑީޕީގެ ޖަލްސާތަކުގައި ޕާޓީގެ މެންބަރުންނަށްވުރެ ގިނައިން ތިބެނީ ސެކިއުރިޓީން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިން ރައީސް ޔާމީނުގެ ސެކިއުރިޓީއަށް ޖޯކުޖެހި އެމްޑީޕީން މިއަދު ޖަލްސާއަށްދާ މީހުންނަށްވުރެ ގިނައިން ސެކިއުރިޓީ ފޯސްގެންދާ ކަމަށެވެ. އަދި ޕީޕީއެމްއަކީ ސުލްހައަށް ލޯބިކުރާ ހަމައެކަނި ސިޔާސީ ޕާޓީ ކަމަށާއި ރައީސް ޔާމީނަށް ކުރާ ސިޔާސީ އަނިޔާ ހުއްޓަންދެން އިޙްތިޖާޖު ފެންނާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް މިގޮތަށް ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސާލިހު ކެމްޕެއިންއަށް ރަށްތަކަށް ވަޑައިގަންނަވާއިރު ސެކިއުރިޓީންގެ ގޮތުގައި ބޮޑެތި ފައުޖުތައް ފޮނުވަމުންދާ މައްސަލާގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ