- Advertisement -ad image

އެގްރީމަންޓާއި ހިލާފަށް ބޮޑުތަކުރުފާނު މަގުގައި ހިންގަމުންދާ ކެފޭ ތާސީރު އެތަނުން ބަދަލުކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


އެގްރީމެންޓާއި ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި ހިންގަމުންދާ “ކެފޭ ތާސީރު” އެތަނުން ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭގެ 358 ނަންބަރު ކޮށީގައި، މާލޭގެ ދެކުނު ފަރާތު ވިލާގޭސް ބޮޑުތަކުރުފާނުމަގާއި އިންވެގެން ހުރި 7 ނަންބަރު ފާޚާނާބަރީގައި ހިންގަމުންދާ”ކެފޭ ތާސީރު” ގެ ވިޔަފާރި ހުއްޓުވާ އެތަނުން އެ ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރުއޮތުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީދާދިފަހުންވެސް ވަނީ ކެފޭއެއްގެ ބަދިގޭގަ ރޯވެގެން ވަރަށްބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިކަމަށާއި، މީގެ އިތުރުން ދާދި ފަހުން ނީލަން ފިހާރަ ހުރިތަނުގައި ރޯވެ، ކައުންސިލްގެ މުވައްޒަފުންތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް އަނދައިގެންގޮސްފައިވާކަމަށެވެ. އެ ހާދިސާގައިވެސް ގޭސްފުޅި ފަދަ ތަކެތި ގޮވި މަންޒަރު ވަނީ ފެނިގެންގޮސްފައި ކަމަށާއި، ތާސީރު ކެފޭގެ ވާހަކަ މަޝްވަރާކޮށް ގޮތެއް ނިންމަން ބޭނުންވީ މިހުރިހާ ކަމަކާއި ގުޅިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.
މިކަމަކީ ޤާނޫނީ ވަރަށް ގިނަ މަރުޙަލާތައް ހިނގާފައިއޮތް ކަމެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ އަސްލު މައްސަލައަކީ އެބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދެވިފައިވާތަނެއް ނަމަވެސް އެގްރީމެންޓާއި ޚިލާފްވެ ޕޭ ޓޮއިލެޓް ނުހިންގައިގެން ކައުންސިލުން ކޯޓަށް ގޮސް މައްސަލަ ކައުންސިލާއި އެއްކޮޅަށް ވަނީ ނިމިފައިކަމަށެވެ.

މޭޔަރު ވިދާޅުވީ ކެފޭ ތާސީރު ހިންގާ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ކަމަށާއި، މި މައްސަލަ މިހާރުވެސް ދަނީ ހައި ކޯޓުގައި ހިނގަމުންކަމަށެވެ. މޭޔަރުގެ އިތުރުން ކައުންސިލަރުންވެސް ވަނީ މި ކެފޭ މިތަނުން ބަދަލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިންނަވާކަން ފާހަގަ ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ