- Advertisement -ad image

ތުޅާދޫގައި ހިސާން އާއި ދެކޮޅަށް އަޑުއުފުލީ ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވާތީ: ތުޅާދޫ އަތީފް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާއި ދެކޮޅަށް ތުޅާދޫގައި އަޑު އުފުލީ ކުރީގެ ރައީސް ޔާމީނަށް ހަރާމް ހުކުމެއްކޮށް ޖަލަށް ލާފައިވާތީ ކަމަށް ޕީޕީއެމް ޕީއެންސީ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު އަތީފް (ތުޅާދޫ އަތީފް) ބުނެފިއެވެ.
އަތީފު ބުނީ ހިސާން ތުޅާދުއަށްވަޑައިގެންނެވުމުން އިހުތިޖާޖު ކުރީ ޖޭއެސްސީގެ ރައީސްގެ މަގާމުގައި އިނދެ ޤާޒީންނަށް ނުފޫޒު ފޯރުވައި ޤާޒީންނަށް ހިސާން ބިރުދައްކައި ރައީސް ޔާމީންއަށް ހަރާން ހުކުމެއްކޮށް ޖަލަށް ލާފައިވާ ކަމަށް ގަބޫލުކުރާތީ އެކަމާއި ދެކޮޅަށް ކަމަށެވެ.
އަދި އިހުތިޖާޖާއި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަކާ ގުޅުމެއް ނެތް ކަމަށާއި އެމްޑީޕީއާއި ގުޅުމެއް އޮތް މީހަކުވެސް އެތަނުގައި ނުހުންނާނެ ކަމަށެވެ.
“ އަޅުގަނޑުމެންގެ ރަށުގައި އަޅާދޭންބުނި އެއަރޕޯޓްގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ފަށައިފައެއް ނުވޭ. ރައީސް ސާލިހުގެ 4 ސްޕީޗެއްގައި ތުޅާދޫ އެއަރޕޯޓްގެ ވާހަކަ ތަކުރާރު ކޮށްފައިވާއިރު، ތުޅާދޫ ޒުވާނުންނަށް އަޅާދޭން ބުނި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަކަށް ނުދޭ، ތުޅާދޫ ގައި އަޅާދޭން ބުނި ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވޭ” އިހުތިޖާޖު ކުރީ މިކަންކަން ކުރިއަށް ނުދާތީ ރައްޔިތުންގެ ހައްގުގައި ސަރުކާރަށް މިއަޑުތައް އިއްވަން ކަމަށް އަތީފު ބުންޏެވެ.

އަތީފު ބުނީ ތުޅާދޫގައި ހިސާން އާއި ދެކޮޅަށް ކުރި އިހުތިޖާޖު ލީޑު ކުރި މީހެއްގެ ހައިސިއްޔަތުން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މި އިހުތިޖާޖާ ގުޅުވާ ދެއްކި ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއްކަން ޔަގީންކޮށްދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ