- Advertisement -ad image

ފަސް މީހުނާއެކު ދަތުރު ކުރަމުންދިޔަ ސަފާރީއެއް ފަރަށް އަރައިފި

ad image

ގުޅުންހުރި ލިޔުންތައް


ފަސް މީހުންނާ އެކު ތ.ދިޔަމިނގިއްޔަށް ދަތުރުކުރި “ރެޑްމޫން” ނަމަކަށްކިޔާ ސަފާރީއެއް ތ.މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 19:40 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، ދަނީ ހަރަކާތްތެރިވަމުން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ޑައިވަރުން ޑައިވްކޮށް ސަފާރީއަށް ލިބިފައިހުރި ގެއްލުންތައް ދަނީ ބަލަމުންނެވެ. ސަފާރީ ފަރަށް އަރައި، ބީހުމުގެ ސަބަބުން އުޅަނދުގެ ބަނޑުފިލައިގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސްފައިވާތީ ދަނީ ދިޔަވަމުންނެވެ.

މި ސަފާރީއަކީ ތ.ދިޔަމިނގިލި ޔާޑަށް ނެގުމަށް އެ ރަށަށް ދަތުރުކުރަމުންދިޔަ އުޅަނދެއްކަމުން މި ވަގުތު އެއްވެސް ފަތުރުވެރިއެއް އެ ސަފާރީގައި ނެތެވެ. އަދި ސަފާރީގެ ހުރިހާ ފަޅުވެރިންގެ ހާލު ރަނގަޅެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ