- Advertisement -ad image

އެމްޑީޕީ ޕްރައިމަރީ: އައްޑޫސިޓީން 500 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


އައްޑޫ ސިޓީގެ ތިން ރަށަކުން 500 ގޯއްޗަށް އެދުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އެގޮތުން ސިޓީ ކައުންސިލުން އިއުލާންކޮށްފައިވަނީ އައްޑޫސިޓީ ފޭދޫއިން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށެވެ. އެގޮތުން ފޭދޫގެ ރައްޔިތުންނަށް 270 ގޯތި އަދި ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް 30 ގޯތިކަމަށް އިއުލަަނުގައި ބުނެފައިވެއެވެ.
އައްޑޫ ސިޓީ ހުޅުދޫއިން ދޫކުރަނީ 2000 އަކަފޫޓުގެ 100 ގޯއްޗެވެ. މީގެ ތެރެއިން 90 ގޯތި ހާއްސަކޮށްފައިވަނީ ހުޅުދޫ އަވަށުގެ ރައްޔިތުންނަށެވެ. އަދި އަނެއް 10 ގޯތި ދިނުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.
އައްޑޫސިޓީ މީދޫއިންވެސް ދޫކުރަނީ 200 އަކަފޫޓުގެ 100 ގޯއްޗެވެ. މީގެތެރެއިން 90 ގޯތި މީދޫ އަވަށުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާއިރު އަނެއް 10 ގޯތި ދޫކުރަނީ އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.

ދިރިއުޅުމަށްޓަކައި ދޫކުރާ ގޯއްޗަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2 ފެބްރުއަރީން ފެށިގެން 16 ފެބްރުއަރީގެ ނިޔަލަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް އައްޑޫ ސިޓީން ގޯތި ދޫކުރާނެކަން އިއުލާން ކުރުމުން ގިނަ ބަޔަކު ދަނީ މިކަމަށް ފާޑު ކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ