- Advertisement -ad image

އެމްޑީޕީ ޕްރައިމަރީ: މާފުށީ ބަނދަރު ބޮޑުކުރަން އެމްޓީސީސީ އާއި ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް ކ. މާފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ޕްލޭނިން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މިމަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ 600 ދުވަސްތެރޭ ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން މާފުށީ ބަނދަރު 28،000 އަކަ މީޓަރުގެ ފަޅު ފުންކޮށް، 63،000 އަކަ މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރު ބޭސިން ފުންކުރާނެއެވެ. އަދި، 31 މީޓަރުގެ ބޭރު ތޮށި ލައި، 680 މީޓަރުގެ ހިލަވެސް ޖެހާނެއެވެ.

މިމަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ އަށްޑިހަ ދެމިލިޔަން ފައްސަތޭކަ ނުވަދިހަ ނުވަހާސް ހަސަތޭކަ ފަސްދޮޅަސް ރުފިޔާ އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ