- Advertisement -ad image

ހަމަހަމަކަމާއެކު ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅަށް ފުރުސަތު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށްވެފައި ރައްޔިތުންނަށް ދެފަރާތް ފެންނަގޮތަށް ހަބަރުތައް ގެނެސްނުދެވޭކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ވަނީ ޕީއެސްއެމްގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.
އެގޮތުން މި ބައްދަލުވުމުގައި އިދިކޮޅުން ވަނީ ވަކި ޕާޓީއެއް ޕްރޮމޯޓް ކުރުމާއި ޕާޓީގެ ހައިސިއްޔަތުން ރައީސް އިބްރާހީމް ކުރާކަންކަން ވެސް ޕީއެސްއެމްއިން ޕްރޮމޯޓް ކުރާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކޮށްފައެވެ.
އަދި އިބްރާހީމް ރައީސްގެ ކެޕްމެއިން ހަރަކާތް ކުރިއަށް ގެންދިއުމަށް އެހީތެރިވާކަމާއި، އެގޮތުން ދައުލަތުގެ މީޑިއާގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރާ ކަމާއި އެމްޑީޕީގެ ޕްރައިމަރީ ތެރޭގައިވެސް ރައީސް އިބްރާހީމްގެ ހަރަކާތް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭކަން ފާހަގަކޮށްފައިވެއެވެ.
ޕީއެސްއެމްގެ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުމުގައި ޕީއެސްއެމްގެ ބޯޑާއި މެނޭޖްމަންޓް އިހުމާލުވެފައިވާ ކަމާއި، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ހުރި އިރު އެއްވެސް ގޮތަކަށް އިދިކޮޅުގެ ވާހަކަތައް ހަބަރުގައިވެސް ގެނެސްނުދެވޭ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާއި ގުޅިގެން އިދިކޮޅުގެ ބަހެއް ހޯދާނުލާތީ އެކަންވެސް ވަނީ ހިއްސާކޮށްފައި ކަމަށް އިދިކޮޅުން ހާމަކުރިއެވެ.
ތަނުގައިތިބި ފަންނީ އަދި ގިނަ ދުވަސްވީ މުވައްޒަފުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލެވި، އަދި ހިދުމަތްތެރި އެތައް މުވައްޒަފުންނެއް މެނޭޖްމެންޓާއި މެދު ހިތްހަމަ ނުޖެހިގެން ކެނޑިގެން ގޮސްފައިވުމާއި މިހާރު ތިބި މުވައްޒަފުންގެ ހުރި ނުތަނަވަސްކަން ހައްލުކޮށްދިނުމަށް ވެސް އިދިކޮޅުން މިއަދު ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ