- Advertisement -ad image

ވޯޓު ގަންނަން ވާދަވެރިން ފައިސާ ބަހާނެ، އޭގައި ހިފަންވެސް ވާނެ: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ގަންނަން ވާދަވެރިން ފައިސާ ބަހާނެ ކަމަށާއި އެފައިސާގައި ހިފަންވެސް ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔަަސީ ޕްރައިމަރީގެ ކެމްޕެއިންގައި އައްޑޫ ސިޓީގެ މަރަދޫގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޯޓު ގަންނަން އެމަނިކުފާނުގެ ވާދަވެރިން ފައިސާ ބަހާނެ ކަމަށެވެ.
އަދި އެ ފައިސާގެ ދެބައިކުޅަ އެއްބައިގައި ނަމަވެސް ހިފުމަށް ނަޝީދު ވަނީ އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

ނަޝީދު ވަނީ ވޯޓު ގަންނަން 10،000 ރުފިޔާ ދޭން ބުނެފިނަމަ އެ އަދަދު 20،000 ރުފިޔާއަށް އިތުރުކޮށް އެ ފައިސާ ނަގައި އޭގެ 50 އިންސައްތަ ރިޔާސީ އިންތިހާބަށް ބެހެއްޓުމަށް ސަޕޯޓަރުން ގާތު އެދިފައެވެ.
ނަޝީދު ވިދާޅުވީ މިވަގުތު އެމްޑީޕީގެ މެންބަރުން ގާތު މިވާހަކަ ދެއްކިއަސް ޖުމުލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތުގައި މި ވާހަކަ ދަންނަވަން ބޭނުންވާ ކަމަށެވެ.
“ ކަޅު ދަބަސް ހިފައިގެން، އަޅުގަނޑު ނަންތައް ދަންނަވާކަށް ނެތިން، ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތި ބޭފުޅުންގެ ރަށުގައި ފައިސާ ބަހަން އުޅެނީ ކާކުތޯ،” ނަޝީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ