- Advertisement -ad image

އައްޑޫސިޓީ ހިތަދޫއިންވެސް ގޯތި ދޫކުރަން ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ހިތަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ފުރުސަތު ސިޓީ ކައުންސިލުން ރޭ ހުޅުވާލައިފިއެވެ.
އެގޮތުން ހިތަދޫއިން ދޫކުރަނީ 1500 އަކަފޫޓުގެ 500 ގޯއްޗެވެ. މީގެ ތެރެއިން 450 ގޯތި ދޫކުރަނީ އައްޑޫސިޓީ ހިތަދޫ އަވަށު ރައްޔިތުންނަށެވެ.
އަދި އަނެއް 50 ގޯތި ދޫކުރަނީ ހިތަދޫ ފިޔަވައި އައްޑޫސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ އިއުލާނު ކޮށްފައިވާ ކެޓަގަރީއަށް ޝަރުތުހަމަވާ ފަރާތްތަކުން 23 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ 13:00 ޖެހުމުގެ ކުރިން ފޯމް ހުށަހަޅަންވާނެ ކަމަށެވެ.
އެމްޑީޕީ ޕްރައިމަރީއާއި ދިމާކޮށް އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫއިންވެސް ވަނީ މީގެ ކުރިން ގޯއްޗަށް އެދުމަށް ހުޅުވާލާފައެވެ.
އެގޮތުން ފޭދޫއިން 300 ގޯތި އަދި ހުޅުދޫ އާއި މީދޫއިން 100 ގޯއްޗަށް އެދުމުގެ ފުރުސަތު ވަނީ މި ހަފުތާގެ އާދިއްތަ ދުވަހު ހުޅުވާލާފައެވެ.
މި ރަށްތަކުން ގޯތި ދޫނުކުރާތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވަނީވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ