އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މިއަދު ބަންގލަދޭޝްގެ ސަފީރާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވާތީ އާއި އެމަނިކުފާނުގެ މައްޗަށް ހަރާމް ހުކުމެއްކޮށް ކުރަމުން ގެންދާ އަނިޔާއާ ދެކޮޅަށް އިދިކޮޅުން ވަރަށް ގިނަ މަސައްކަތްތައްކެއް ކުރަމުން އަންނަކަމަށާއި ބަންގްލަދޭޝް ސަފީރާ ބައްދަލުކުރީވެސް އެ މަސައްކަތުގެ ތެރެއިންކަމަށެވެ.
އަދި ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި ހުރުމާއި އެމަނިކުފާނަށް ދެމުން ގެންދާ ނުހައްގު އަނިޔާތަކާ ގުޅިގެން ބޭރުގެ އެކިއެކި ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދޭން ޖެހޭ ހުރިހާ ފަރާތްތަކަށް ދެމުން ގެންދާކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީނާ މެދު އަމަލު ކުރަމުންދާ އިހާނެތި ގޮތްތައް ދުނިޔެއަށް އެނގި ހާމަވެފައިވާ ކަން މިހާރު ސަރުކާރަށްވެސް އެނގިފައިވާ ކަމަށެވެ.



