- Advertisement -ad image

ނަޝީދު ބަލިވެއުޅޭތީ މިރޭގެ ޖަލްސާ ކެންސަލްވި ކަމަށް ބުނެ މެސެޖްތަކެއް ދައުރުކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަލިވެއުޅުއްވާތީ މިރޭގެ ޖަލްސާ ކެންސަލްވި ކަމަށް ބުނެ މެސެޖުތަކެއް ފޮނުވަން ފަށައިފިއެވެ.
މިފަދަ މެސެޖްއަކާއެކު ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ މިހާރު ދައުރުވާ މެސެޖެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ދޮގެއް ކަމަށާއި ފެނިގެން މިދަނީ ވާދަވެރިން ބަލިވާތަން ކަމަށެވެ.


“ އިރާދަފުޅުން ގަދަވެ ހެޔޮހާލުގައި މިރެއަށް ތައްޔާރު “ ނަޝީދު ވިދާޅުވެފައިވެއެވެ.
ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއެވެ. ދެ ބޭފުޅުންގެވެސް ޕްރައިމަރީގެ ކެމްޕެއިން ނިންމާ ޖަލްސާ މިރޭ ބާއްވާއިރު މުޅި އެމްޑީޕީ ދެބަޔަކަށް ބެހި ތުހުމަތުތައް ކުރުން ވަނީ ގިނަވެފައެވެ. ރައީސް ސާލިހުގެ ކެމްޕެއިން ފަހު ޖަލްސާ މިރޭ އޮތީ އައްޑޫ ސިޓީގައެވެ. ރައީސް ނަޝީދުގެ ކެމްޕެއިން ނިންމާ ޖަލްސާ އޮތީ އާރޓިފިޝަލް ބީޗްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ