- Advertisement -ad image

ރާއްޖޭގައި މީހުން ދިރިއުޅެނީ ކިތައް ރަށުގައިކަންވެސް ރައީސް އަށް ނޭންގުނު ވިދާޅުވީ 357 ރަށުގައި ފްލެޓް އެޅިއްޖެ ކަމަށް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ 357 ރަށުގައި ފްލެޓް އަޅާ ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާަޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގައި 357 ރަށުގައި ފްލެޓް އަޅާ ނިމިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަނީ 187 ރަށުގައެވެ. ދެން އޮންނަނީ މީހުން ދިރިނޫޅޭ ފަޅުރަށްތަކާއި ރިސޯޓްތަކުގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށްތަކެވެ.

ރައީސް ސާލިހު ވިދާޅުވީ، މާލެ ސަރަހައްދުގައި 7000 އަށް ވުރެ ގިނަ ފްލެޓުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި 5000 ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް މިގޮތަށް ވިދާޅުވިއިރު އެމްޑީޕީގެ ޕްރައިމަރީ އާއިދިމާކޮށް ހުޅުމާލެއިން ގޯތި ދޭ ސަރަހައްދު މިއަދު ސާފުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ