- Advertisement -ad image

ޒަކާތް ނުދައްކާ މީހެއްގެ ދީން ފުރިހަމައެއް ނުވެއެވެ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


މުދަލު ޒަކާތަކީ އިސްލާމީ އިގުތިސާދު ހަރުދަނާ ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މުހިންމުކަން ބޮޑު ފިޔަވަޅެއް ކަމަށާއި ކަމުގެ މުހިންމުކަން ބޮޑުކަމުން އެއީ ދީނުގެ ރުކުނެއް ކަމުގައި ވަނީ ކަނޑައަޅާފައި ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި ބުނެފައިވަނީ ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި ހަމަކޮންމެ މީހަކުމެ ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށެވެ.

“ ތަނަވަސްކަން ދެއްވާފައިވާ މީހާ ތިމާގެ މުދަލުން ނެރެންޖެހޭ ޒަކާތް އަދާނުކޮށްފިނަމަ ގަދަފަދަވެގެންވާ އަޒާބު ގިޔާމަތް ދުވަހުން ލިބޭނެކަން ބަޔާންކުރައްވާ މާތްالله ވަހީ ކުރައްވާފައިވެއެވެ.
އަދި ރަނާރިހި ހަޒާނާކޮށް الله ގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން ދަންނާށެވެ. ފަހެ ވޭންދެނިވި އަޒާބު ހުރި ކަމުގެ ހަބަރު އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ! ( އެގޮތުގެ މަތިން އެމީހުން އެއްކުޅަ ރަންރިހީގެ ހަޒާނާ) އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާ، ބުރަކަށިތަކުގައި، ފާހަގަލައްވަމުން ގެންދަވާނެތެވެ. ( އަދި އަންގަވާނެތެވެ ) މިހިރީ، ތިޔަބާ މީހުންގެ އަމިއްލަ ނަފުސަށްޓަކައި ތިޔަބައިމީހުން އެއްކޮށް ހަޒާނާކުޅަ ތަކެއްޗެވެ! ފަހެ ތިޔަބައިމީހުން ހަޒާނާކޮށް އުޅުނު ތަކެތީގެ ރަހަދެކޭށެވެ”.

ތަނަވަސް ކަމުގެ އަހުލުވެރިން އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުން ދާނަމަ އިސްލާމީ މުޖްތަމައުގެ ވަރަށް ގިނަ އިޖްތިމާއީ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުން މުދަލު ޒަކާތް އަދާކުރުމަށް ހުތުބާގައި ބާރުއެޅި އެވެ.

އެކަލާނގެ މީސްތަކުންގެ މެދުގައި ރިޒުގު ބައްސަވާފައިވަނީ އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށެވެ. އެހެންކަމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަށް އެކަލާނގެ ވަނީ އަމުރުކުރައްވާ ގޮވާލައްވާފައެވެ.
ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގެ ނަޒަރުގައި މުދަލަކީ އެއާ ހަވާލުކުރެވިފައިވާ ބައެއްގެ އަތްމަތީގައިވާ މުޅި އިސްލާމީ އުއްމަތުގެ ހިއްސާއެއް އޭގައިވާ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ