- Advertisement -ad image

އެމްޑީޕީ ޕްރައިމަރީ ފެށެން ގާތްވެފައިވަނިކޮށް ފޮޓޯތަކަކާއެކު ހަންކެޑެ މަޝްރޫއު އިއުލާންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް އައްޑޫ ސިޓީ ހަންކެޑެ މަޝްރޫއުގެ ޕްލޭންކަމަށް ބުނެ ފޮޓޯތަކެއް ސަރުކާރުން އާންމުކޮށްފިއެވެ.
މި މަޝްރޫއުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރިއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފަށަން އޮތީ އެންމެ 18 ގަޑިއިރެވެ.
މާދަމާ އޮންނަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ހޮނިހިރު ދުވަހު ހެނދުނު ފަށާއިރު ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތަކީ މިއަދު އިރު އޮއްސި ހައެއް ޖަހާއިރެވެ.

ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމެންޓު ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީކުރާ ހަންކެޑެ މަޝްރޫއު އިއުލާން ކުރީ އެތަނުގެ ޑިޒައިންކަމަށް ބުނެ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލަމުންނެވެ. އެގޮތުން ބުނެފައިވަނީ ޓުއަރިޒަމުން ނަފާ ހޯދުމަށް އަައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބޭ ފުރުސަތެއްގެ އިތުރުން ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ޕްރޮޖެކްޓެއް ކަމަށެވެ.

މިމަޝްރޫއުގެ ދަށުން ހަންކެޑޭގައި 1،041 ޓޫރިސްޓް ކޮޓަރި ތަރައްގީ ކުރާނެ ކަމަށާއި އޭގެ ތެރޭގައި އެކި ފަންތީގެ ކޮޓަރި ހިމެނޭނެކަމަށް އެ ކުންފުނިން ކުރި ޓުވީޓްގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ