- Advertisement -ad image

އެމްޑީއެން އުވާނުލާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި: ޝަހިންދާ

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިނުލާނެކަމުގެ ޔަގީންކަން 2019 ވަނަ އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ދެއްވިކަމަށް އެ ޖަމްއިއްޔާގެ ރައީސް ޝަހިންދާ އިސްމާއީލު ބުނެފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ކުރި ޓުވީޓެއްގައި ޝަހިންދާ ވަނީ ރައީސް ސާލިހު އަކީ އިތުބާރު ކުރަން ހެޔޮވާވަރުގެ ވެރިއެއް ނޫން ކަމަށް ބުނެފައެވެ.
ޝަހިންދާ ބުނީ އޭނާގެ ތަޖުރިބާގައި ރައީސް ސާލިހުއަކީ ކަނޑައެޅިގެން ދޮގު ހަދާ މީހެއް ކަމަށެވެ.
އެގޮތުން އެމްޑީއެންއިން އިސްލާމްދީނަށް ތައުހީނުކޮށް 2019 ގައި ނެރުނު ރިޕޯޓާއި ގުޅިގެން ސީދާ ރައީސްގެ މެސެޖެއް ދިނުމަށް ރައީސް އޮފީހުގެ އިސް ދެބޭފުޅަކު ފޯނުން ގުޅި ކަމަށެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކީ ޗީފް އޮފް ސްޓާފް އަދި ދެވަނަ ބޭފުޅަކީ ސެކެރެޓަރީއެއް ކަމަށް ޝަހިންދާ ބުނެފައިވެއެވެ.
“ ދެ ކޯލުގައިވެސް ބުނީ އެމް.ޑީ.އެން އުވާނުލާނެކަމުގެ ޔަގީންކަން ދޭކަމަށް. ދެން ބުނީ އުވާލާނަމަ “އެ ދެެވެނީ ތިޔަ އެންމެން މަރާލަންކަން އެނގޭކަމަށް”. އުވާލީ ދެވަނަ ކޯލުގެ 5 ދުވަސް ފަހުން “ ޝަހިންދާ ބުނެފައިވެއެވެ.

ޝަހިންދާ ބުނީ މިވަރުގެ ބޭފުޅަކަށް އިތުބާރު ކުރަން ހެޔޮ ނުވާނެ ކަމަށާއި އެއްގޮތަކީ ހެސް ކިޔާފަ ދޮގު ހަދާކަން ނުވަތަ އަނެއް ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ކިޔަނީ ނަމަކަށް އެކަމަކު ބާރު އޮތީ އެހެން ބައެއްގެ އަތުގައިކަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ