- Advertisement -ad image

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ވޯޓުލާން ފެށުމާއެކު ގިނަ މައްސަލަތަކެއް!

ad image

ގުޅުންހުރި ލިޔުންތައް


މޯލްޑިވިއަން ޑިމޮރަކްޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށުމާއެކު ގިނަ މައްސަލަތަކެއް ފެންމަތިވާން ފަށައިފިއެވެ.
ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީ ހެނދުނު 9 ޖަހާއިރުއެވެ. އަދި ވޯޓުލުން ކުރިއަށްދާނީ ހަވީރު 5 ޖަހަންދެނެވެ.
ނަޝީދުގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ލ މުންޑޫގައި 9 ޖެހުމުގެ ކުރިން ރައީސް ނަޝީދުގެ މަންދޫބުން ނެތި ވޯޓުލުން ފަށާފައިވާ ކަމަށެވެ.
އަދި ވޯޓުލާ މަރުކަޒުގައި ތިބި އޮފިޝަލުންގެ އަތުގައި އޮތް ވޯޓަރސް ލިސްޓާއި ޝާއިއު ކުރި ވޯޓު ލިސްޓާއި ދިމާ ނުވާ ކަމުގެ ޝަކުވާތަކެއް ދަނީ ލިބެމުން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ކުރިއަށް ގެންދާ ރިޔާސީ ޕްރައިމެރީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަދި ރައީސް ނަޝީދުވެސް ވަނީ މިހާރު ވޯޓު ދެއްވައިފައެވެ.
ރައީސް ސާލިހު ވޯޓު ލައްވާފައިވަނީ އިސްކަންދަރު ކޮށީގައި ހުންނަ ވޯޓު ފޮއްޓަށެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ވާދަވެރިން ތަފާތުވާހަކަ ދެއްކެވިޔަަސް އޮޅުވާލުމުގެ ކަމެއް އެމްޑީޕީގެ އިންތިހާބުތަކުގައި ނުހިނގާނޭ ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ ތަފާތުބޮޑުކޮށް މިއިންތިޚާބު ކާމިޔާބު ކުރައްވާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ