ވޯޓާރސް ލިސްޓްގައި ނެތް މީހަކު ވޯޓުލީ މައްސަލައެއް ފެންމަތިވެ ގއ ހޯނޑެއްދޫގައި ވޯޓުލުން ހުއްޓާލައިފިއެވެ.
މަޑަވެލި ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ހޯނޑެއްދޫގައި ވަނީ މިވަގުތު ވޯޓުލުން ހުއްޓާލާފައި ކަމަށެވެ. އަދި ލިސްޓްގައި ނެތް މީހާ ވޯޓުލީ މައްސަލަ ނުބަލަނީސް ވޯޓުލުން ކުރިއަށް ގެމްދިއުމަށް އެއްބާރުލުން ނުދޭނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން އިތުރަށް ވިދާޅުވީ އެ ވޯޓު ފޮއްޓަށް ވޯޓާރސް ލިސްޓްގައި ނެތް މީހެއް އޭގެ އެހެން މީހެއްގެ ނަމުގައި ވޯޓުލާފައިވާ ކަމަށެވެ. އަދި އެ ވޯޓު ފޮއްޓަށްލުމުގެ ކުރިން ކައިރީގައި ހުރި މީހާއަށް ދައްކާފައި ވޯޓުލީ ކަމަށް މެންބަރު ވިދާޅުވިއެވެ.
ވޯޓުލާފައިވަނީ މާލޭގައި ހުރި ދަރިފުޅުގެ ނަމުގައި މަންމަ ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.



