މިދުވަސްވަރަކީ ތަފާތު ގިނަ ރޯގާތައް ހަލުވި ކަމާއެކު ފެތުރެމުންދާ ދުވަސްވަރެކެވެ. ހާއްސަކޮށް ބޭރަށް ހިންގުމާއި ހޮޑުލެވުން ފަދަ ކަންކަން ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.
އެގޮތުން ބޭރަށް ހިންގުމުން ރައްކާތެރި ވުމަށްޓަކައި ދުރާލާ ކުރެވިދާނެ ކަންތައްތައް އެނގުން ވަރަށް މުހިންމެވެ.
ބޭރަށް ހިންގުމުގެ އަލާމާތެއް ފެނިއްޖެނަމަ ކުރެވިދާނެ ކަންތަކަކީ މިއީއެވެ.
ބޭަރަށް ހިންގާތޯ؟
ބޭރަށް ހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެރި ކަމަށްޓަކައި:
ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރޭ
ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދެވޭ
ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާއި 1 ދުވަސް ވަންދެން ސްކޫލަށް ނުފޮނުވާ މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރޭ



