- Advertisement -ad image

މިހާލަތުގައި ފަސޭހަކަމާއެކު ޕީޕީއެމްއަށް ރިޔާސީ އިންތިހާބު ކާމިޔާބުވާނެ: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބު ކުރިއަސް މިހާލަތުގައި ފަސޭހަކަމާއެކު ރިޔާސީ އިންތިހާބު 2023 ޕީޕީއެމްއަށް ކާމިޔާބުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާަޅުވެއްޖެއެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން އޮޅުވާލަމުންދާ ކަމަށް ބުނެ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގަމުންދާ ވީޑިއޯއެއް އާއްމު ކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ މިއަދު ނިކުންނަ ގޮތުން ޕީޕީއެމްގެ ރިޔާސީ އިންތިހާބުގެ ސްޓްރެޓެޖީސް، ޓެކްޓިކްސް ބަދަލުވާނެ ކަމަށެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގައި ހަމަނުޖެހުންތައް ހިންގަމުންދާއިރު ރައީސް ސާލިހު ވިދާޅުވެފައިވަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ