- Advertisement -ad image

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ގައްދޫ ވޯޓު ކަރުދާސްތައް ވީދާލައި އުކާލައިފި

ad image

ގުޅުންހުރި ލިޔުންތައް


މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ގދ.ގައްދޫ ވޯޓްލާ މަރުކަޒުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ވޯޓު ކަރުދާސްތައް ވީދާލައިފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަގޮތުން ގައްދޫ ވޯޓުލާ މަރުކަޒުގައި ހުރި ވޯޓުފޮށި އެއްލާލާ ވޯޓު ކަރުދާސްތައް ވީދާލާ މަންޒަރުވެސް ފެނިގެންދެއެވެ.
މި ވީޑިއޯ އާއްމު ކުރައްވާ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވީ ގައްދޫގައި ވޯޓުލުން ހުއްޓާލީ ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުއެޅުމުގެ ސަބަބުން ކަމަށެވެ.

ގައްދޫ ވޯޓްލާ މަރުކަޒުގައި ހަމަނުޖެހުން ހިނގީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ވޯޓް ލާން ވަންއިރު ވޯޓް ކަރުދާހުން ފޮޓޯ ނެގުމަށް ބޮޑީ ކެމެރާއެއް ވައްދާތީ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ޝަކުވާ ކުރަން ފެށި ހިސާބުން ކަމަށް މައުލޫމާތުލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ