- Advertisement -ad image

މާފަންނު ހުރިހާ ދާއިރާއެއްގެ ވޯޓުލާން ހިރިޔާގައި ބަހައްޓާފައި ހުރި ފޮށިވެސް ބަންދުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގައި މައްސަލަ ޖެހި މާފަންނު ހުރިހާ ދާއިރާއެއްގެ ވޯޓުލާން ހިރިޔާގައި ބަހައްޓާފައި ހުރި ފޮށިވެސް ބަންދުކޮށްފިއެވެ.
އެގޮތުން މި ވޯޓު ފޮށި ކްލިޕް އަޅުވައި ބަންދު ކުރުމަށްފަހު ބާކީ ހުރި ވޯޓު ކަރުދާސްތައް ދަނީ ގުނަމުންނެވެ.
ހިރިޔާ ސްކޫލްގައި ވެސް ރައީސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި ވޯޓު ފޮށި ކައިރީގައި ތިބި އޮފިޝަލުންނާ ދެމެދު ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.
މި ފޮއްޓަށް ވޯޓުލަނީ މާފަންނު އުތުރު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ، މާފަންނު މެދު ދާއިރާގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރުންނެވެ.
މި ވޯޓު ފޮށީގެ މައްސަލަ ޖެހުނީ އުސޫލާ ހިލާފަށް ރައީސް ސާލިހަށް ތާއީދު ކުރާ މެންބަރަކު ވޯޓުލުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ