- Advertisement -ad image

ރަތަފަންދޫ ވޯޓުފޮށި ކައިރީހުރި ރައީސް ނަޝީދުގެ މަންދޫބު ހައްޔަރުކޮށްފި: އީވާ

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގައި ރަތަފަންދޫ ވޯޓުފޮށި ކައިރީގައި ހުރި ރައީސްނަޝީދުގެ މަންދޫބު ހައްޔަރުކޮށްފައިވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.
އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގދ. ރަތަފަންދޫ ވޯޓުފޮށިކައިރީ ހުރި ރައީސް ނަޝީދު ގެ މަންދޫބުވެސް ހައްޔަރުކޮށްފިައިވާ ކަމަށާއި މިދާ ވަރުން ދާނަމަ ރައީސް މުހައްމަދު ނަޝީދުވެސް ހައްޔަރުކޮށްފައި ނޫނީ ރައީސް ސާލިހު ‬ ⁦‬⁩ ހުއްޓައިލާނެހެންހީ ނުވާ ކަމަށެވެ.

އީވާ އިތުރަށް ވިދާޅުވީ، ގދ ރަތަފަންދޫގައި ރައީސް ނަޝީދުގެ ފަރާތުން ތިބި ދެ އޮބުޒާވަރުންވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ ފޮށީގައި ހުރި ވޯޓް ކަރުދާސްތައް ބިންމަތިން ހޮވައިން އަލުން ފޮއްޓަށް އަޅައިފައިވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ