- Advertisement -ad image

އެމްޑީޕީ ޕްރައިމަރީ: ވޯޓުފޮއްޓަށް ގެއްލުން ދިން މައްސަލަތަކެއްގައި މިހާތަނަށް ތިން މީހުން ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުފޮއްޓަށް ގެއްލުން ދިން މައްސަލަތަކެއްގައި މިހާތަނަށް ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ އެގޮތުން ވޯޓުފޮއްޓަށް ގެއްލުންދީގެން ގދ ރަތަފަންދޫއިން ދެ މީހަކާއި ގދ ތިނަދޫ އިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ވޯޓުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުން ދަނީ ވޯޓު އޮޅުވާލުމުގެ އަމަލުތައް ހިންގަމުންދާތީ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ހާމަކުރެއެވެ.

ހެނދުނު 9 ޖެހިއިރު ވޯޓުލުން ފެށިފަހުން މިހާތަނަށް ގިނަ ގޮށިތަކެއްގައި ވޯޓަސްލިސްޓްގެ މައްސަލަ ދިމާވެފައިވެއެވެ. އަދި ލިސްޓްގައި ނެތް މީހުން ވޯޓުލުމުގެ އިތުރުން ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދައްކަަ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ