- Advertisement -ad image

އެމްޑީޕީގެ އިންޒާރެއް: ޕާޓީއަށް ގެއްލުންދޭ މެންބަރުންނާއި މެދު ފިޔަވަޅު އަޅާނަން!

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމުގައި ޕާޓީގެ ތަކެއްޗަށް ގެއްލުންދޭ މެންބަރުނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފިއެވެ.
އެމްޑީޕީން ބުނީ މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އެ ޕާޓީން ވަނީ ދީފައެވެ.

މިއަދު ކުރިއަށްދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އެމްޑީޕީން ވަނީ އިލްތިމާސް ކޮށްފިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ