- Advertisement -ad image

އެމްޑީޕީން މިއަދު ތައާރަފުކުރީ މަރާ ބަގުޑި ޑިމޮކްރަސީ: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީން) މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ ޕްރައިމަރީގައި އައު ވައްތަރެއްގެ ޑިމޮކްރަސީއެއް ތައާރަފު ކޮށްފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީން މިއަދު ތައާރަފު ކުރި ޑިމޮކްރަސީއަށް ކިޔަނީ މަރާބަގުޑި ޑިމޮކްރަސީ ކަމަށެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީން ޖެހޭނީ ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުން ޑިމޮކްރަސީ ދަސްކުރަން ކަމަށެވެ.

މި އިންތިހާބާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޑިމޮކްރަސީ އުތުރި އަރަނީ ކަމަށާއި 17 އަހަރު އެމްޑީޕީ ކުރި ދަތުރުން ދަސްވިމިންވަރަކީ މިއީ ކަމަށްވާނަމަ ހިތާމަހުރި ކަމަށެވެ.
އެމް.ޑީ.ޕީގެ މުސްތަޤުބަލާ ދޭތެރޭ ކަންބޮޑުވެ ހިތާމަކުރާ ކަނަށާއި ޤައުމު ހަމަމަގަށް ދެންވެސް އެޅުވޭނެ ސިޔާސީ ފިކުރަކީ ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ