- Advertisement -ad image

އެމްޑީޕީ ޕްރައިމަރީ: ރައީސް ސާލިހު އިންތިހާބު ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުން

ad image

ގުޅުންހުރި ލިޔުންތައް


ހޮނިހިރު ހިރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކާމިޔާބު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބޭއްވި އިންތިހާބުގައި ރައީސް ސާލިހަށް 24566 ވޯޓު ލިބިފައިވެއެވެ. މިއީ ވޯޓުލީ މީހުންގެ 61.10 އިންސައްތައެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15641 ވޯޓެވެ. އެއީ ވޯޓުލީ މީހުން 38.90 އިންސައްތައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހޮނިހިރު ދުވަހު 40887 މީހުން ވޯޓުލާފައިވެއެވެ.
މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 57255 މެންބަރުން ތިއްބެވެ.

މިކާމީޔާބީއަށް ފަހު ރައީސް ސާލިހު ވިދާޅުވީ ޕްރައިމަރީއަށްވުރެ ފަސޭހައިން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށެވެ.
ރައީސް ޞާލިޙު ވިދާޅުވީ، ޕްރައިމަރީ ނިމުމާއެކު ހަޤީޤީ މަސައްކަތް މިފެށުނީ ކަމަށެވެ. އަދި މިވަގުތު ކުރަންވީ ކަމަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމް.ޑީ.ޕީއެކުގައި މަސައްކަތް ކުރުންކަން ފާހަގަކުރައްވާ، އެމަނިކުފާނުގެ ވާދަވެރިންނަށް އެކުގައި މަސައްކަތް ކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ