ތ. ދިޔަމިގިލި، އާޤިސާމަންޒިލް، ޒީކް ބިންތި މުޙައްމަދު ރިޔާޒު (15އ) ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ޖެނުއަރީ 25 ވަނަ ދުވަހު 17:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ، ގެއްލިފައިވާކަމަށް އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ 18:17 އެހައިކަންހާއިރު ކަމަށެވެ.
ޒީކް ބިންތި މުޙައްމަދު ރިޔާޒު މިހާރު ދިރިއުޅެމުންދަނީ ކ. މާލެ، ގ. ތޯނީއައްސޭރި ގޭގައި ކަމާއި، އެންމެ ފަހުން ފެނުނުއިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ޒީކް ބިންތި މުޙައްމަދު ރިޔާޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.



