- Advertisement -ad image

ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި، މިއަދުން ފެށިގެން 4 ފެބުރުއަރީގެ ނިޔަލަށް ލައިސަންސްގެ އެންމެހާ ހިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އަދި ޓްރާންސްޕޯޓް މިނިސްޓރީން އަލަށް ތައާރަފްކުރާ މިސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށެވެ. އެމިނިސްޓްރީން ބުނީ އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު އަލުން ފަށާއިރު ދޫކުރާނީ ޑިޖިޓަލް ލައިސަންސް ކަމަށެވެ.

ލައިސަންސްގެ ޚިދުމަތްދިނުން މެނދުކަނޑާލައިފައިވާ މިދަޑިވަޅުގައި، މުއްދަތު ހަމަވާ ލައިސަންސްތައް، އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ