- Advertisement -ad image

ބަލި ގަބޫލުކޮށް ނަޝީދު ވިދާޅުވީ ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެ ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް


ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވިކަން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގަބޫލުފުޅު ކުރައްވައިފިއެވެ.
އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ކުރެއްވި މެސެޖުތަކެއްގައި ނަޝީދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ހިނގާފައިވާ އޮޅުވާލުންތައް އެއްކައިރިކޮށްފިނަމަ، ރައީސް ސާލިހަށް ލިބުނު ވޯޓުގެ ބޮޑުބަޔަކީ އަސްލު އެމަނިކުފާނަށް ލިބޭނެ ވޯޓެއް ނޫން ކަމަށެވެ. އަދި ވޯޓާސް ލިސްޓަށް ބަލާނަމަ ކުޑަފަރަގަކުން ރައީސް ސާލިހު ކުރި ހޯއްދަވާފާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މި މެސެޖުތަކުގައި ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވޭނެކަމަށް އެއްބަސްވެވަޑައިގެންފައެވެ.
މި މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ، ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވުނު ނަމަވެސް، ރައީސް ސާލިހަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހުށަހެޅުއްވުމަކަށްވީ “ފިކުރެއްގެ ދިރުން” ނަމުގައި އެމްޑީޕީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަލުން ހަދާ، ކަނޑާލި 39،000 އަށްވުރެ ގިނަ މެމްބަރުންވެސް އަލުން އެމްޑީޕީއަށް ވައްދާ އަދި އެ މީހުންނާއެކީ ދެން ފެންނަ ގޮތެއް ނިންމުމަށް ކަމުގައެވެ.

އަދި ފިކުރެއްގެ ދިރުމުގެ ރިޔާސީ ކެންޑިޑޭޓު އިއުލާނު ކުރާނީ ފަހުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ބޮޑެތި ބެއިފުޅުން ކުޑަކުދިން މަޖަލަކަށް ދަށްކާ ވާހަކަ ނުދެއްކުން ރަގަނޅު ވާނެ ކަމަށް އުންމީދު ކުރަން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ