- Advertisement -ad image

“ބުންވަރު” ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން އިދިކޮޅުން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

“ބުންވަރު” ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން އިދިކޮޅުން ނިންމައިފިއެވެ.
އިދިކޮޅުން ބުނީ މި ހިނގާލުން އޮންނާނީ 3 ފެބްރުއަރީވާ ހުކުރު ދުވަހުގެ ހަވީރު 4:00 ޖަހާއިރެވެ. އަދި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

މިއީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ “ހޯޕް ކޮންފަރެންސް” ގެ ތެރެއިން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މި ހިނގާލުމުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާނެ ކަމަށާއި މިއީ މިފަހުން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ހިނގާލުމަށް ވެގެންދާނެ ކަމަށް އިދިކޮޅުން ހާމަކުރެއެވެ.

ރައީސް ޔާމީން ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅުން ދަނީ ހުއްޓާނުލާ މަގުމަތީގެ ހަރަކާތްތަކެއް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ