މިއަހަރުގެ މާޗް މަހުގެ ނިޔަލަށް، މިވަގުތު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް ޔާމީން މިނިވަންވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވީ، ދަށުކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރެވޭނެ ސީދާ ދުވަހެއް ވިދާޅުވާން ނޭންގޭ ކަމަށެވެ. ނަމަވެސް އަންނަ މާޗްމަހު އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގަންނަވާނެކަމަށް ބެލޭ ކަމުގައި ޖަމީލް ވިދާަޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ތުހުމަތު ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ވަނަ ދުވަހުއެވެ.
ޑރ.ޖަމީލް ވިދާޅުވީ ދަށުކޯޓު މަރުޙަލާއަށްވުރެ ހައިކޯޓުގެ މަރުޙަލާގެ ޝަރިޢަތް އަވަސްވާނެކަމަށެވެ.



